Keep and Share logo     Log In  |  Mobile View  |  Help  
 
Visiting
 
Select a Color
   
 
(ނ) ޤަބީލާ އަކީ އެއިން ފައިދާ ނެގޭ އިޖްތިމާޢަތުގެ ވައް

 

އަހަރެމެން ކުރިންވެސް ބަޔާން ކޮށްފައިވާ ފަދައިން، އިސްލާމް ކަމުގެ ދަޢުވަތު ފެތުރުމަށް ޤަބީލާގެ ގުޅުމުން ފައިދާތަކެއް ލިބުނެވެ. އަދި ހައްދުފަހަނައެޅި މުޖުތަމަޢު އާއި ދެކޮޅަށް އޭގެ ނިވާފަތްގަނޑު ބޭނުން ކުރެވުނެވެ... ޤަބީލާވަންތަ ކަމުގެ ބަދަހިކަމާއި ގާތްތިމާގެ ކަމުގެ ގުޅުމުން އިސްލާމް ކަމުގެ މަޞްލަޙަތަށް ފައިދާއެއް ހޯދުމީ، މި މަގުފުރެދިފައިވާ އަނިޔާވެރި ގުޅުމަށް ކިޔަމަންގަތުމާއި ތަފާތު ދެކަމެކެވެ.

އިސްލާމް ކަން ވަނީ އޭގެ ތަޢުލީމާއި ޚިލާފު ނޫން އެންމެހާ ރަނގަޅު ހަކަތައަކުން ފައިދާ ހޯދާފައެވެ.

މިހެންކަމުން، އިސްލާމީ ފުތޫޙާތް ތަކުގެ ކަތީބާތައް (ލަޝްކަރުގެ ވަކިވަކި ޔުނިޓުތައް) އެކުލެވިފައިވި ޤަބީލާތަކުގެ ގެމަ ތަކަށެވެ. އެއިން ތެދުވެރި ފޯރި އާއި ލަދުވެތި ކަމުގެ ބިރަށް، ޢަރަބިންގެ ފަޚުރު އާލާވިއެވެ. މިއީ އީމާން ކަމާއި ޖިހާދީ ޢަޤީދާއިން ނެރެވުނު ހިއްވަރުގެ މައްޗަށެވެ.

”ހަމަކަށަވަރުން މުސްލިމުންގެ ޤަބީލާތައް މައިދާނުގައި ހަރަކާތްތެރިވަމުން ދިޔައީ ހަނގުރާމައެއްގެ ގެމަ އެއް ފަަދައިންނެވެ... އިސްލާމްކަން އެއެއް ފޮހެލީ އެއަކާއި ދެކޮޅުވީ، (ކަނުކޮށް ތަބައުވެވޭ) ޤަބީލާ ވަންތަ ޢަޞަބިއްޔަތަށެވެ. އަދި ނަޞަބަށްޓަކައި (އަނެކާގެ މައްޗަށް) ފަޚުރުވެރި ވުމެވެ. އެހެނަސް، ޢަރަބިންގެ މާހައުލުގައި ބިންވަޅު ނެގި ދެމިއޮތް ހިއްސާއެއް ގޮތުގައި އޮތް، "ޤަބީލާތައް"، އޭގެ ޒާތުގައި ނެތިކޮށްލުމަށް އިސްލާމް ކަމެއް ހަނގުރާމައެއް ނުކުރެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއަކީ އިޖުތިމާޢީ ހިއްސާއެއް ގޮތުގައި ދެމިއޮތެވެ. އަދި އޖސްލާމީ އެންމެ ފުރަތަމަ ފުތޫޙާތުތަކުގެ ހަނގުރާމައިގެ ޙިއްސާއެއް ކަމުގައިވެސް އެވެ. އަދި މިގޮބަޅި ގަނޑުން އިސްލާމް ދީން ފުރިހަމަޔަށް ފައިދާ ހޯދިއެވެ...“

”އަދި މުސައިލަމަތުލް ކައްޛާބު އާއި ދެކޮޅަށް ކުރެވުނު ޔަމާމާގެ ހަނގުރާމައިގައި، މުސްލިމުންގެ ސަފުތައް މަސްހުނި ވިއެވެ. އެހެންކަމުން ޚާލިދު ބުނުލް ވަލީދު އެވެންނަށް ގޮވާލެއްވިއެވެ: ”އޭ މީސްތަކުންނޭވޭ! ކަލޭމެން އައިސްފައިވަނީ ކޮންކޮން ތަނަކުން ކަން އެނގޭނޭ ފަދައިން ބައިބައިވާށެވެ.“ އެހެންކަމުން ކޮންމެ ޤަބީލާއެއްވެސް އޭގެ އަމިއްލަ ސަފަކަށް އެތުރުނެވެ. އަދި މުހާޖިރުންގެ ދިދަ އެދުވަހު ވީ އަހޫ ޙުޛައިފާގެ މައުލާ (މިނިވަން ކުރެވުނު އަޅު) ސާލިމް އަތްޕުޅުގައެވެ. އަދި އަންޞާރުންގެ ދިދަ ކޮޅު ޘާބިތު ބުނު ޝައްމާސްގެ އަތްޕުޅުގައެވެ.[21]

ﷲ تعالى ވަޙީ ކުރެއްވިއެވެ: {وجَعَلْنَاكُمْ شُعُوباً وقَبَائِلَ لِتَعَارَفُوا}.

”އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމު ތަކަށާއި، ޤަބީލާ ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފް ވުމަށްޓަކައެވެ.“

ޢަރަބިން ދިރިއުޅޭ ހިސާބުތަކަށް އަހަރެމެން ނަޒަރު ހިންގައިފި ނަމަ، ޚާލިދު ބުނުލް ވަލީދު رضي الله عنه އެ ބެއްސެވިއިރު އޮތް ފަދައިން ވާތަން ފެންނާނެއެވެ.

އަދި ސިޔަރަތާއި ފުތޫޙާތުތަކުގެ ފޮތްތަކަށް އަހަރެމެން ނަޒަރުހިންގައިފިނަމަ، ޚުލަފާއުއް ރާޝިދިން ގެ ދެ ޚަލީފާއިން، އައްޞިއްދީޤު އާއި އަލްފާރޫޤު، ހަނގުރާމަތަކަށް ޤަބިލާތައް ފޮނުއްވެވިއެވެ. އަދި އެއިން ކޮންމެ ޤަބީލާ އަކަށް (ހަނގުރާމައިގެ) ވެރިޔެއް ކަނޑައަޅުއްވަތެވެ.

ފާހަގަ ކޮށްލުން މުހިންމު އެއް ނުކުތާ އަކީ، ﷲ ގެ ރަސޫލުގެ ޞަޙާބީން ތެރެއިން މުހާޖިރުންނާއި އަންޞާރުން ނަށް ޚާއްޞަ މަޤާމެއް ވީ ކަމެވެ. އެހެންކަމުން އެބޭފުޅުންގެ ޤަބީލާތަކާއި ވަކިން، މި ފުތޫޙާތު ތަކުގައި އެބޭފުޅުންނަށް ގެމަ ތަކެއް ވެއެވެ. އަދި އެބޭކަލުންގެ ވެރިޔަކަށް ގިނަފަހަރު ހުންނަވާފައި ވަނީ ޚާލިދު ބުނުލް ވަލީދު ފަދަ އަދި އައްނުޢްމާން ބުނު މުޤްރިން އަދި އެބޭފުޅާގެ އަޚުންނެވެ.[22]

އެހެންކަމުން (އިސްލާމީ) ޢަޤީދާ ޢަޞަބިއްޔަތު ފޮހެލައެވެ. އަދި ގާތްތިމާގެ ކަމުގެ ގުޅުމުން ޗައިދާ ލިބިގަނެ ފަރުދީ އަދި ޤަބީލާވަންތަ ކަމުގެ މަޞްލަޙަތުތައް ގިރަކުރެއެވެ. އަދި މުސްލިމު މީހާ ވާންޖެހެނީ އޭނާގެ ހަވާ ނަފުސާއި އިދިކޮޅަށެވެ. އޭނާގެ ރައްބާއި ވާ ގުޅުން ވަރުގަދަކޮށެވެެ. އަދި އޭނާގެ މުއުމިނު އަޚުންނާއިއެކު އޮންނަ ގުޅުން ބިންގަލެއް ކަމުގައެވެ... އަދި ޢަޤީދާގެ ގުޅުން ބަލިކަށިވާ ކޮންމެ ހިނދެއްގައި، އަދި ތައުޙީދުގެ ސާފުކަން ކިލަނބު ވާ ކޮންމެ ވަޤުތަކު، ޢަޞަބިއްޔަތު އަކުން އާލާވެ ގަނެއެވެ. އަދި ހަވާ ނަފުސުގެ އެދުން ތަކާއި ލެނބުންތައް ވެސް އެވެ... އަދި ކުރިޔަށް ހުރި ބައިތަކުގައި، އިސްލާމީ މުޖުތަމަޢުއަށް ޢަޞަބިއްޔަތު އެކި މިންވަރުތަކުން ޢިޔާދަވީ ކިހިނަކުންކަން ބަލައިލާނަމެވެ. ކުރު ނަޒަރަކުންނެވެ — بإذنه تعالى.


_______________
.

[21] كتاب الطريق إلى المدائن: أحمد عادل كمال، ص 43.
[22] فتوح البلدان، ص 304 نقلاً عن أحمد عادل كمال (الطريق إلى المدائن)، ص 25.

 


Creation date: Jul 24, 2020 5:42am     Last modified date: Jul 24, 2020 5:43am   Last visit date: Apr 9, 2024 6:58am
1 / 20 comments
Oct 28, 2021  ( 1 comment )  
10/28/2021
4:09pm
anonymous user (anonymous)

 

    Report Objectionable Content